ޚަބަރު ކަސްޓަމްސްގެ ބޮޑު އޮޕަރޭޝަނެއްގައި 2.3 މިލިއަން ސިނގިރޭޓު އަތުލައިގަނެފި

ކަސްޓަމްސްގެ ބޮޑު އޮޕަރޭޝަނެއްގައި 2.3 މިލިއަން ސިނގިރޭޓު އަތުލައިގަނެފި

ކަސްޓަމްސްގެ ބޮޑު އޮޕަރޭޝަނެއްގައި 2.3 މިލިއަން ސިނގިރޭޓު އަތުލައިގަނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު، މާލޭ ކޮމާޝަލް ހާބަރުން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތެރޭގައި ޖުމްލަ 2,304,200 ސިނގިރޭޓު ސްޓިކް ހިމެނޭ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ކަސްޓަމްސްއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަތުލައިގަނެވުނު ގިނަ އަދަދެއްގެ ތަކެއްޗެވެ. މިފަދަ މައްސަލަތައް ތަހުގީގުކޮށް، ބޯޑަރު ބެލެހެއްޓުން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

ސަރުކާރުން މިހާރު ދަނީ ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ކަސްޓަމްސްއިން އަންނަނީ ވިޔަފާރި ބަނދަރުތަކުން އެތެރެކުރާ މުދާތައް ވަރަށް ބޮޑަށް ޗެކްކޮށް، ސްކްރީން ކުރަމުންނެވެ.

ޓެގް

ކަސްޓަމްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.