ޚަބަރު އަދަދު ނޫހުގެ މައްސަލައިގައި އެމްޖޭއޭއަށް ހައިކޯޓުން ފުރުޞަތެއް ނުދިން

އަދަދު ނޫހުގެ މައްސަލައިގައި އެމްޖޭއޭއަށް ހައިކޯޓުން ފުރުޞަތެއް ނުދިން

އަދަދު ނޫހުގެ މައްސަލައިގައި އެމްޖޭއޭއަށް ހައިކޯޓުން ފުރުޞަތެއް ނުދިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“އަދަދު” ނޫހުން ނެރުނު ޑޮކިއުމަންޓްރީއެއް ދައުރުކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވަނީ، އިސްތިއުނާފުކުރަން ހުށަހެޅި އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް އެމްޖޭއޭ ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ޤާނޫނީ ޙައްޤު އެ ޖަމްޢިއްޔާއަށް ލިބިގެން ނުވާ ކަމށެވެ.

މި މައްސަލައަކީ އަދަދު ނޫހުގެ ވީޑިއޯ ޑޮކިއުމަންޓްރީއެއްގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށް ބުނެ ޕީޖީ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ވީޑިއޯ ފެތުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ. ރަޖިސްޓްރާގެ މި ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 14 ދުވަހުގެ ތެރޭގައި އެމްޖޭއޭއަށް އޮންނާނެއެވެ.

މި މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ގަޛްފުކުރުމުގެ ދައުވާ އުފުލައި، އިއްޔެ ވަނީ ޝަރީޢަތް ފަށާފައެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން އެ ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ތިބީ ޖަލު ބަންދުގައެވެ.

ޓެގް

ހައިކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.