ޚަބަރު ޤައުމީ ވާޖިބުގައި ހުއްޓާ ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ އާއިލާއަށް ދައުލަތުގެ އިސްވެރިން ތައުޒިޔާ ވިދާޅުވެއްޖެ

ޤައުމީ ވާޖިބުގައި ހުއްޓާ ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ އާއިލާއަށް ދައުލަތުގެ އިސްވެރިން ތައުޒިޔާ ވިދާޅުވެއްޖެ

ޤައުމީ ވާޖިބުގައި ހުއްޓާ ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ އާއިލާއަށް ދައުލަތުގެ އިސްވެރިން ތައުޒިޔާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މަހުދީ ނިޔާވީ ޑައިވްކުރަނިކޮށް ޑީކޯވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޤާމުގެ ވާޖިބު އަދާކުރަނިކޮށް މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބުނު ފުން ހިތާމައެއް ކަމަށާއި، އޭނާއަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ މަހުދީއަކީ ދިވެހި ޤައުމުގެ ހައްޤުގައި ވަކިވެގެންދިޔަ އަގުހުރި ސިފައިންގެ ބޭކަލެއް ކަމަށެވެ. މަހުދީއަކީ ސިފައިންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭކަލެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގީ ބުރާސްފަތި ދުވަހު ވ. އަތޮޅުން ގެއްލުނު ފަސް ޑައިވަރުން ހޯދުމުގެ ހައި-ރިސްކް އޮޕަރޭޝަންގެ ތެރެއިންނެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު 60 މީޓަރު އަޑީގައި އޮތް ހޮހަޅައަކުން ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ވެސް ތާށިވެފައިވަނީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވެއެވެ. ރައީސް އިއްޔެ އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި އޮޕަރޭޝަނުގެ މައުލޫމާތު ދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވީ ވެސް މަރުޙޫމް މަހުދީއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.