ޚަބަރު ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގެންފި

ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގެންފި

ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ތިން ރައީސުން ވެސް ވަނީ އެ ބޭފުޅުންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދައުވާ ނުކުރައްވާ ކަމަށާއި، ކޮންމެ ވެރިކަމެއްގައި ވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި މިހާރު ގައުމުގެ ހާލަތު އޮތީ ވިހި އަހަރު ފަހަތަށް ގޮސްފައި ކަމަށް ސިފަކުރެއްވިއިރު، ރައީސް ނަޝީދު ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް ވިހި އަހަރު ފުރެންދާއިރު އަލުން ނޫސްވެރިކަމުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. މީގެ އިތުރުން، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދައުވާތަކުން ކޯޓުތަކުން ބަރީއަވެފައިވާކަން ފާހަގަކުރައްވައި، މިއަދު ތިން ރައީސުން އެކުގައި ނުކުތުމަކީ ނޫސްވެރިންގެ ހައްގުގައި ކުރެވޭ މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ތަފާތު ސިޔާސީ ފިކުރުގެ ތިން ރައީސުން އެއް މޭޒެއްގެ ދޮށުން ފެނިގެންދިޔަ މި ތާރީހީ ބައްދަލުވުމުގައި، އެ ބޭފުޅުން އިއްތިފާގުވެވަޑައިގަތީ އަމިއްލަ އެދުމެއް ނެތި ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ހިމާޔަތްކުރުމަށެވެ. އަދި ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތް މާހައުލެއް ގާއިމުކޮށްދިނުމަށާއި، ނޫސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ތިން ރައީސުން ވެސް ވަނީ ދެއްވާފައެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.