ޚަބަރު ހަފުތާ ބަންދަން ފަހު މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް

ހަފުތާ ބަންދަން ފަހު މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް

ހަފުތާ ބަންދަން ފަހު މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ދެ ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވި ނަމަވެސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މި ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މޫސުމީ ނުރައްކާތަކަށް ބަލައި، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް، ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

އާދިއްތަ ދުވަހުން ފެށިގެން ވައި ޖެހޭ ބާރުމިން މަޑުވެ، ކަނޑުތައް އަމާންވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.