ޚަބަރު ފަލާހު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ ޢައްބާސް އަބުރުގެ ދައުވާ ކުރައްވަނީ

ފަލާހު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ ޢައްބާސް އަބުރުގެ ދައުވާ ކުރައްވަނީ

ފަލާހު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ ޢައްބާސް އަބުރުގެ ދައުވާ ކުރައްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، އޭނާގެ އަނބިދަރިންނާއި އާއިލާއަށް ނިސްބަތްކުރައްވައި ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ގާނޫނީ ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ޢައްބާސް މިއަދު ވިދާޅުވީ، ފަލާހު ދެއްކެވި ވާހަކަތަކަކީ އޭނާގެ އަބުރަށް ހުތުރުވާގޮތަށް ދެއްކެވި ހަޑިހުތުރު ވާހަކަތަކެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން އާއިލާ އާއި އެކުވެރިންނަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ އާއިލާއަކީ އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އޭނާ ދަންނަ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ ކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ފަލާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމާ މެދު ގާނޫނީ ޓީމާ މަޝްވަރާކޮށް، ހޯދަންޖެހޭ ލަފާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މެންބަރު ޢައްބާސް އާންމުކުރެއްވި ބަޔާނުގައިވެއެވެ.

ޓެގް

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވެލިދޫ ދާއިރާގެ މެންބަރު އައްބާސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.