ކުޅިވަރު އިރާން ޓީމަށް ވިސާ ނުލިބޭތީ ފީފާއާ އެކު ކުއްލި ބައްދަލުވުމަކަށް ތައްޔާރުވެއްޖެ

އިރާން ޓީމަށް ވިސާ ނުލިބޭތީ ފީފާއާ އެކު ކުއްލި ބައްދަލުވުމަކަށް ތައްޔާރުވެއްޖެ

އިރާން ޓީމަށް ވިސާ ނުލިބޭތީ ފީފާއާ އެކު ކުއްލި ބައްދަލުވުމަކަށް ތައްޔާރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ހަމަޖެހުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މާދަމާ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތޭޖް ވިދާޅުވީ، މުބާރާތް ފެށެން އެންމެ މަހަކަށް ވެފައިވާއިރު، ޓީމުގެ އެންމެހާ މެމްބަރުންގެ ވިސާއަށް ބޭނުންވާ ލިޔެކިއުންތައް ފޮނުވާފައިވާތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެއްވެސް އިދާރާއަކުން އެކަމަށް ޖަވާބެއް ދީފައި ނުވާތީ ޓީމުގެ ތައްޔާރުވުންތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި އިރާނުން ކުޅޭ ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް އެމެރިކާގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ސިޔާސީ ސަބަބުތަކަށްޓަކައި އެ މެޗުތައް އެހެން ގައުމަކަށް ބަދަލުކޮށްދިނުމަށް އިރާނުން ކުރިން އެދިފައިވެއެވެ. އެހެންނަމަވެސް، ފީފާއިން ވަނީ އެ ހުށަހެޅުމަށް ފުރުސަތު ނުދީ، މެޗުތައް ކުރިންވެސް ތާވަލުކުރި ގޮތަށް އެމެރިކާގައި ކުރިއަށް ގެންދަން ނިންމާފައެވެ.

ތޭޖް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވިސާ ލިބެނީ ކޮން ބަޔަކަށް ކަމެއް ނުވަތަ ނުލިބެނީ ކޮން ބަޔަކަށް ކަމެއް ނޭނގި އޮތުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މާދަމާ ބާއްވާ ބައްދަލުވުމުގައި، މުބާރާތުގައި ބައިވެރިވާ އެހެން ހުރިހާ ގައުމުތަކަށް ލިބޭ ފަދަ ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް އިރާނަށްވެސް ކަށަވަރުކޮށްދިނުމަށް ފީފާގެ ކިބައިން އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މިހާ ބޮޑުވެފައި މިވަނީ، ދާދި ފަހުން ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ތޭޖް ކުރެއްވި މަސައްކަތަށްވެސް އެ ގައުމުން ހުރަސްއަޅައި، އޭނާއަށް ވިސާ ދޭން އިންކާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވިސާގެ މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި އުނދަގޫތަކެއް ހުރި ނަމަވެސް، އިރާނުގެ ޓީމުން މުބާރާތަށް ވަމުންދާ ފަންނީ ތައްޔާރީތަކަށް އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފުރިހަމައަށް ތައްޔާރުވަމުންދާ ކަމުގެ ޔަގީންކަން ފެޑަރޭޝަނުން ވަނީ ދީފައެވެ.

ޓެގް

ފީފާ ވޯލްޑްކަޕް އީރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.