ޚަބަރު ދަރަނި ދެއްކުމުގެ ސަބަބުން ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެ: އިސް ތަރުޖަމާނު

ދަރަނި ދެއްކުމުގެ ސަބަބުން ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެ: އިސް ތަރުޖަމާނު

ދަރަނި ދެއްކުމުގެ ސަބަބުން ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެ: އިސް ތަރުޖަމާނު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކި ނަމަވެސް، ޤައުމުގެ ތަރައްޤީއަށް ހިންގާ އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ދެއްވައިފިއެވެ.

ތަރުޖަމާނު ވިދާޅުވީ އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިޞާދު ހަރުދަނާކުރުން ކަމަށްވާއިރު، އިޤްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު ދައްކާފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖެއިން ދަރަނި ދެއްކުމުގައި ޒިންމާދާރުކަމާއެކު ޢަމަލުކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަނިތައް ދެއްކުމުން ބޭރުގެ މާލީ އިދާރާތަކާއި ޤައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުސްތަޤުބަލުގައި ވެސް ޒިންމާދާރުކަމާއެކު އެ ފަރާތްތަކާ ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

ޓެގް

ތަރުޖަމާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.