ޚަބަރު ކުރީގެ ދެ ވަޒީރުން ސަފީރުކަމަށް ހަމަޖެއްސުމަށް މަޖިލިހަށް

ކުރީގެ ދެ ވަޒީރުން ސަފީރުކަމަށް ހަމަޖެއްސުމަށް މަޖިލިހަށް

ކުރީގެ ދެ ވަޒީރުން ސަފީރުކަމަށް ހަމަޖެއްސުމަށް މަޖިލިހަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޢަރަބި ދެ ޤައުމަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި، ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސްގެ މި ނިންމެވުމާއެކު، ޔޫއޭއީގެ ސަފީރުކަމަށް ޠާރިޤް އިބްރާހީމް އަދި ޤަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް އައްޔަންކުރުމަށް ވަނީ މަޖިލީހުގެ ލަފަޔަކަށް އެދިފައެވެ.

މި ދެ ބޭފުޅުންނަކީވެސް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންނެވެ. އެގޮތުން ޠާރިޤް އިބްރާހީމް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާ ހިންގެވިއިރު، އާދަމް ޝަރީފް އުމަރު ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރުގެ މަޤާމުގައެވެ. ދާދިފަހުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، މި ދެ ބޭފުޅުންވެސް މިހާތަނަށް ޚިދުމަތް ކުރައްވަމުން ގެންދެވަނީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.