ޚަބަރު

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށްޓަކައި، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ ނާޒިމް ވަކިކުރުމުގެ ގަރާރުގައި ސޮއި ހަމަކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށެވެ.

ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ މަސްރަހުން އެނގިފައިވާ ގޮތުގައި، ނާޒިމް މަގާމުން ދުރުކުރުމުގެ މަޝްވަރާތައް ފެށިގެންައީ އޭނާ މަޖިލިސް ތެރެއިން ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ.

މި ނިންމުން ނިންމުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން، ރައީސް މުއިއްޒު މެންބަރުންނަށް ސިޔާސީ އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ޚާއްސަ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ ކުއްލި ގޮތަކަށް ބޭރުކޮށްލާފައެވެ. ނަމަވެސް އެ ގްރޫޕުން އޭނާ ވަކިކުރި ސީދާ ސަބަބެއް ޕާޓީގެ ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމިކަން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ވެސް ނާޒިމް މަގާމުން ވަކިކުރަން އުޅޭ އަޑުތަކެއް ފެތުރުނު ނަމަވެސް، އޭރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ. ނަމަވެސް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމާއެކު، އޭނާ މަގާމުން ވަކިކުރުމުގެ އަމަލީ މަސައްކަތް ޕީއެންސީން މިވަނީ ރަސްމީކޮށް ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close