ޚަބަރު ކޯރަމް ހަމަނުވުމުން މިއަދަށް ތާވަލުކުރި ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވުމުން މިއަދަށް ތާވަލުކުރި ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވުމުން މިއަދަށް ތާވަލުކުރި ޖަލްސާ ނުބޭއްވުނު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ޤާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކެންސަލްކޮށްފިއެވެ.

ހެނދުނު 9:00 އަށް ތާވަލުކުރި މި ޖަލްސާ ފެށޭތޯ ކޯރަމް ރަނގަބީލު ޖެހުމަށްފަހު، 10:00 އަށް ފަސްކުރި ނަމަވެސް އެ ވަގުތުވެސް ކޯރަމް ހަމަވެފައެއް ނުވެއެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ކޯރަމް ހަމަނުވާތީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއަދުގެ ޖަލްސާ ބޭއްވޭގޮތް ނުވީ ކަމަށެވެ. މިއަދުގެ ޖަލްސާގައި މުހިންމު ބިލްތަކެއްގެ ބަހުސާއި މަސައްކަތްތައް ތާވަލުކުރެވިފައި އޮތެވެ.

އެގޮތުން ސައިބާ ސެކިއުރިޓީގެ ބިލާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގެ އިތުރުން، ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމާއި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލުގެ ރިޕޯޓު ހުށަހެޅުން މިއަދުގެ އެޖެންޑާގައި ހިމެނެއެވެ. ނަމަވެސް މެންބަރުން ހަމަނުވުމުން މި ހުރިހާ މަސައްކަތްތަކެއް ވަނީ މަޑުޖެހިފައެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.