ބޭރުދުނިޔެ އީރާނުގެ ޝަރުޠުތަކަށް ޓްރަމްޕް އިންކާރުކުރުމާއެކު ތެލުގެ އަގު އުފުލި، މަސްރަހު އިތުރަށް ގޯސްވެއްޖެ

އީރާނުގެ ޝަރުޠުތަކަށް ޓްރަމްޕް އިންކާރުކުރުމާއެކު ތެލުގެ އަގު އުފުލި، މަސްރަހު އިތުރަށް ގޯސްވެއްޖެ

އީރާނުގެ ޝަރުޠުތަކަށް ޓްރަމްޕް އިންކާރުކުރުމާއެކު ތެލުގެ އަގު އުފުލި، މަސްރަހު އިތުރަށް ގޯސްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ތެހްރާނުން ހުށަހެޅި ޝަރުޠުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ ޓްރަމްޕް އެކަންކަމަށް އިންކާރުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.

ފެބުރުވަރީ 28 ގައި ޓްރަމްޕް އިސްވެ ފެށި މި ހަނގުރާމައަށް 10 ހަފުތާ ވެފައިވާއިރު، މިހާރު ދެ ފަރާތުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް “ނަމެއްގައި” އަމަލުކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕްގެ މި ނިންމުމާއެކު ކުރިމަތިލުންތައް އަލުން ވަރުގަދަވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ތެހްރާނުން ހުށަހެޅި ޝަރުޠުތަކުގެ ތެރޭގައި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ޤަބޫލުކުރުމުގެ އިތުރުން، އެމެރިކާއިން ތެލުގެ ސިނާއަތަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ. ނަމަވެސް ޓްރަމްޕް މީސްމީޑިޔާ މެދުވެރިކޮށް ބުނެފައިވަނީ އެ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށާއި، ވޮޝިންގޓަނުން ބޭނުންވަނީ ނިއުކްލިޔަރ ޕްރޮގްރާމް ފަދަ ކަންކަމާ މެދު ވާހަކަދެއްކުމުގެ ކުރިން ހަނގުރާމަ މުޅިން ހުއްޓާލުމަށެވެ.

މި ދެބަސްވުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތް އޮތުން ދިގުލައިގެން ގޮސް، ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 4 ޑޮލަރަށް އުފުލިފައެވެ. އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވުމުގެ ކުރިން ލުބްނާނުގެ ހިޒްބުالله މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ހުއްޓުވުމަށް ބާރުއަޅާފައެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހަށް ވެސް ވަނީ ނުފޫޒު ފޯރަން ފަށާފައެވެ. ޓްރަމްޕްގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބަށް މިކަމުގެ އަސަރުކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާއިރު، ނޭޓޯގެ ބައިވެރިން ވެސް ވަނީ ކަނޑުއޮޅި ހުޅުވުމަށް މަނަވަރު ފޮނުވަން ދެކޮޅު ހަދާފައެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރަމުންދަނީ ޓްރެކިންގ ސިސްޓަމްތައް ނިއްވާލައިގެންނެވެ.

އަންނަ ހަފުތާގައި ޓްރަމްޕް ޗައިނާއަށް ކުރާ ދަތުރުގައި ރައީސް ޝީ ޖިންޕިންގއާ ބައްދަލުކޮށް އީރާނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ. މި ދަނޑިވަޅުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، އެމެރިކާއިން އީރާނާއެކު ސުލްޙަވީ ނަމަވެސް، ލުބްނާނުގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާނުލާނެ ކަމަށެވެ.

ޓެގް

އީރާން ހަނގުރާމަ އީރާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.