ޚަބަރު ޖޫން މަހުން ފެށިގެން ރައްޔިތުންގެ ގާތަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވަނީ

ޖޫން މަހުން ފެށިގެން ރައްޔިތުންގެ ގާތަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވަނީ

ޖޫން މަހުން ފެށިގެން ރައްޔިތުންގެ ގާތަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމުގެ ބައްދަލުވުންތައް އަލުން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދަތުރުފުޅެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާނުވާ ނަމަ، ހަފުތާއަކު ވީހާ ވެސް ގިނައިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މާލޭގައި ނަމަ، ބައްދަލުވުންތައް ކުރިއަށްދާނީ އަވަށްތަކަށް ބަހާލައިގެންނެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކުގެ ފަންނީ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވެސް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށްރަށަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގެ ދެވަނަ ބުރު ވެސް ފެށިގެންދާނެ ކަމަށާއި، ބައެއް ރަށްރަށަށް ތިން ނުވަތަ ހަތަރު ފަހަރު ވެސް ވަޑައިގެންނެވިދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ޔަގީންކަން ހޯދުމެވެ. ސީދާ ރައީސާ ހަމައަށް ނައިސް ހުންނަ ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކޮށްދިނުމަށް ވެސް މި ބައްދަލުވުންތަކުން ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.