އީރާނުގެ ތެޔޮ އުފުލި “އޯޝަން ކޯއީ” ޓޭންކަރު އީރާނު އަސްކަރިއްޔާއިން ހިފަހައްޓައިފި

އީރާނުގެ ގައުމީ މަސްލަހަތުތަކަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އެ ގައުމުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތަށް ހުރަސްއަޅަން މަސައްކަތްކުރި “އޯޝަން ކޯއީ” ޓޭންކަރު، އީރާނުގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
މި އުޅަނދު ހިފަހައްޓާފައިވަނީ އީމާން ކަނޑުގެ ސަރަހައްދުގައި ކަމަށާއި، މި ޓޭންކަރަކީ އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަންދީ، ސަރަހައްދީ މަސްރަހުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ތެޔޮ ބޭރުކުރުމުގެ ނިޒާމަށް ގެއްލުންދޭން އުޅުނު އުޅަނދެއް ކަމަށް އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ ޕާސް ޓުޑޭއިން ބުނެފައިވެއެވެ.
އީރާނުގެ އަސްކަރީ ކޮމާންޑޯ އިންނާއި މެރިން ސިފައިން ބައިވެރިވި މި ހާއްސަ ހަރަކާތުގައި، އުޅަނދުގެ ކޮންޓްރޯލް ހޯދުމަށްފަހު އެ ޓޭންކަރު މިހާރު ވަނީ އީރާނުގެ ދެކުނުައްސޭރީގެ ބަނދަރަކަށް ވައްދާފައެވެ. އަދި އެ އުޅަނދާ މެދު ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ޝަރުއީ އިދާރާތަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ކަނޑުގެ ސަރަހައްދާއި އެ ގައުމުގެ މުދަލާއި މަސްލަހަތު ހިމާޔަތްކުރުމުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ހިންގާ މިފަދަ ކޮންމެ އަމަލަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާއާއި އިސްރާއީލުގެ ވެރިން މެދުއިރުމަތީގެ މަސްރަހު ގަޑުބަޑުކޮށް، އީރާނުގެ އިގްތިސާދަށް ތަފާތު ގޮތްގޮތުން ދަތިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އީރާނުން ދަނީ އެ ގައުމުގެ ދިފާއީ ބާރު ބޭނުންކޮށްގެން މިފަދަ ހަމަލާތަކާއި ހުރަސްތަކަށް ކާމިޔާބުކަމާއެކު ކުރިމަތިލަމުންނެވެ.




