ޚަބަރު އެމްޑީޕީ އަކީ ބިރުދެއްކުމުގެ އަމަލުތަކުން ފަސްޖެހޭނެ ބައެއް ނޫން: ޝާހިދު

އެމްޑީޕީ އަކީ ބިރުދެއްކުމުގެ އަމަލުތަކުން ފަސްޖެހޭނެ ބައެއް ނޫން: ޝާހިދު

އެމްޑީޕީ އަކީ ބިރުދެއްކުމުގެ އަމަލުތަކުން ފަސްޖެހޭނެ ބައެއް ނޫން: ޝާހިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ދައްކާ ބިރަށް އެމްޑީޕީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މުޙައްމަދު މައިމޫން ފުލުހަށް ހާޒިރުކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގުބޫލުކަން ކުޑަވުމާ ގުޅިގެން، ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތެރިންނަށާއި މީޑިއާތަކަށް ބިރުދެއްކުމަކީ ސަރުކާރުން މިހާރު އާންމުކޮށް ކުރަމުންދާ ކަމެކެވެ. މައިމޫން ފުލުހަށް ހާޒިރުކުރުމަކީވެސް ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އެމްޑީޕީއަކީ ބިރުދައްކައިގެން ފަހަތަށް ޖެއްސޭނެ ޕާޓީއެއް ނޫންކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތެރިންނާއި މެންބަރުން ތިބީ ސާބިތުކަމާއެކު ކަމަށެވެ.

ޓެގް

ޝާހިދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.