ޚަބަރު ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އީޝާއަށް ނުދިން: ވަކީލް

ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އީޝާއަށް ނުދިން: ވަކީލް

ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އީޝާއަށް ނުދިން: ވަކީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދަދު” ނޫހުން އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް، އައިޝަތު އީޝާ އަޝްރަފް މިއަދު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އީޝާގެ ގާނޫނީ ވަކީލު، ކުރީގެ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ތަހުގީގުގައި އީޝާއާ މައިގަނޑު ތިން ސުވާލެއް ކުރި ނަމަވެސް، އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން ދީފައިނުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޒްފުކުރި ކަމަށް ތުހުމަތުކޮށް ހިންގާ މި ތަހުގީގުގައި، އީޝާ ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ޝަމީމް ފާހަގަކުރެއްވި ގޮތުގައި އީޝާއަކީ މި މައްސަލައިގައި އަނިޔާލިބިފައިވާ “ވިކްޓިމް” އެކެވެ. މި މައްސަލައިގެ ތަހުގީގަށް އީޝާގެ ބަޔާން ނަގާ ނިމިފައިވާ ކަމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

މި މައްސަލައާ ގުޅިގެން “އަދަދު” ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށްވެސް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުން ވަނީ އެ ނޫސް އިދާރާ ބަލައި ފާސްކޮށްފައެވެ. އަދި މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އީޝާގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށްވީ ގޮތުގެ ތަފްސީލު މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.