ޚަބަރު ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ބަލަން ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ބަލަން ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ބަލަން ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިހެއުމުގެ ޗުއްޓީގައި ހުންނަ މުއްދަތު ވަޒީފާގެ ކުރިއެރުން ދިނުމުގައި ގުނާ މުއްދަތުން އުނިކުރާތީ ސިވިލް ސަރވިސް މުވައްޒަފުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މުވައްޒަފުންނަށް ލިބިފައިވާ މި ޙައްޤު ގެއްލޭގޮތަށް އޮތް އޮތުމަށް އަވަސް ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ، ސަރުކާރުން ދޭ ހަ މަސް ދުވަހުގެ ވިހެއުމުގެ ޗުއްޓީގެ ސަބަބުން، މުވައްޒަފުގެ ވަޒީފާގެ ކުރިއެރުން ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެއެވެ. މި މައްސަލައިގައި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވީ، ސީއެސްސީގެ އިތުރުން މިކަމާ ގުޅުންހުރި އެހެން މުއައްސަސާތައް ވެސް ކޮމިޓީއަށް ހާޒިރުކޮށް އިތުރަށް މައުލޫމާތު ސާފުކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި މި ހުށަހެޅުން ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ. ކޮމިޓީގެ އަމާޒަކީ މިކަމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސިވިލް ސަރވިސްގެ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން މުވައްޒަފުންނަށް ދިމާވާ މި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.