ކުޅިވަރު ކަސެމީރޯ ގެންދަން މެސީގެ އިންޓަ މިއާމީން މަސައްކަތް ފަށައިފި

ކަސެމީރޯ ގެންދަން މެސީގެ އިންޓަ މިއާމީން މަސައްކަތް ފަށައިފި

ކަސެމީރޯ ގެންދަން މެސީގެ އިންޓަ މިއާމީން މަސައްކަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ސީޒަނަށްފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެކަން އިޢުލާނުކޮށްފައިވާ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ހޯދުމުގެ މަސައްކަތް، އެމެރިކާގެ އިންޓަ މިއާމީ އެފްސީން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔުނައިޓެޑްގެ ކުރީގެ ތަރި ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ މި ކްލަބުން ކަސެމީރޯ ގެންދަން ބޭނުންވަނީ، އެ ޓީމަށް ކުޅެމުންދާ ލިއޮނަލް މެސީއާއެކު މެދުތެރެ ވަރުގަދަކުރުމަށެވެ.

އިންޓަ މިއާމީން ކަސެމީރޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ސާޖިއޯ ބުސްކެޓްސް ފުޓްބޯޅައިން ރިޓަޔާކުރުމާ ގުޅިގެން އެ މަގާމަށް ފެންވަރުގެ ކުޅުންތެރިއަކު ބޭނުންވާތީއެވެ. 2022 ވަނަ އަހަރު 80 މިލިއަން ޑޮލަރަށް ޔުނައިޓެޑާ ގުޅުނު ކަސެމީރޯ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، ކްލަބުން އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައެއް ނުވެއެވެ.

އުމުރުން 34 އަހަރުގެ ކަސެމީރޯ ހޯދުމަށް ސައުދީ އަރަބިއްޔާ އާއި ބްރެޒިލްގެ އިތުރުން ޔޫރަޕްގެ ބައެއް ކްލަބްތަކުންވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ނަމަވެސް ބެކަމްގެ އިރުޝާދުގެ ދަށުން އިންޓަ މިއާމީން ކުރަމުންދާ މަސައްކަތުގެ ސަބަބުން، އޭނާ އެމެރިކާ ލީގަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓެގް

މެންޗެސްޓަރ މެސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.