ޚަބަރު އާދަމް ޝަރީފާއި، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

އާދަމް ޝަރީފާއި، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

އާދަމް ޝަރީފާއި، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުއެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ މި ބޭފުޅުން މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. މި ބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާފައިވަނީ އެކި ދުވަސްމަތިން ކަމަށްވެސް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

އަލަށް އައްޔަންކުރެވުނު މި ތިން ބޭފުޅުންނަކީ ވެސް މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ގައުމަށް ޚިދުމަތްކުރުމުގައި ތަޖުރިބާކާރު ގާބިލް ބޭފުޅުންނެވެ. އެމްބެސެޑާ އެޓް ލާޖްގެ މަގާމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މަގާމެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.