ޚަބަރު ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު ކުރީގެ މެމްބަރު ސިނާން ކާމިޔާބު ކުރައްވައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު ކުރީގެ މެމްބަރު ސިނާން ކާމިޔާބު ކުރައްވައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު ކުރީގެ މެމްބަރު ސިނާން ކާމިޔާބު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ގޮނޑި ގެއްލުނު ސިނާން މި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައިގެންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހަކަށް ލިބިފައިވާއިރު، މިއީ އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި އިލެކްޝަނަށް ޕާޓީގެ ޓިކެޓު ކަށަވަރު ކުރުމަށް ބޭއްވި މުހިންމު ވޯޓެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވާން މެދުވެރިވީ، ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ. އެހެންކަމުން، މި ޕްރައިމަރީގެ ކާމިޔާބީއާއެކު ސިނާން މިވަނީ އަލުން އެ ގޮނޑި ދިފާއު ކުރެއްވުމަށްޓަކައި ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގަތުމުގެ ފުރުސަތު ހޯއްދަވާފައެވެ.

ޓެގް

ހިތަދޫ އުތުރު މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.