ޚަބަރު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން އަނެއްކާވެސް ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން އަނެއްކާވެސް ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން އަނެއްކާވެސް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ، ވަކި ޝަރުތުތަކެއްގެ ދަށުން މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ނިންމާފިއެވެ.

އެކުންފުނިން ބުނިގޮތުގައި މި ނިންމުމުގެ ދަށުން 31 ޑިސެމްބަރު 2025ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދޭނީ، ބިލްތަކަށް ދައްކަންޖެހޭ އަސްލު ފައިސާ 1 އޭޕްރީލް 2026 އާއި 31 ޑިސެމްބަރު 2026 އާ ދެމެދު އެއްކޮށް ދައްކައި ހަލާސްކުރާ ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަދަ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކޮށްދެވޭނީ ކުންފުންޏާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފައިސާއެއް ދައްކައި ނިންމުމުންނެވެ. މިއީ ކަސްޓަމަރުންނަށް ފައިސާ ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެއްކަމަށް އެކުންފުނިން ބުންޏެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން 105 ނުވަތަ އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން މީގެ ކުރިން 2024 ވަނަ އަހަރު ވެސް ވަނީ މިފަދަ ލުއިތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

ޓެގް

އެމްޑަބްލިއުއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.