ޚަބަރު އެމްޕީއެލްގެ އެމްޑީގެ މަގާމަށް ހުސައިން ޝަފީގު އައްޔަނުކޮށްފި

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ހުސައިން ޝަފީގު އައްޔަނުކޮށްފި

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ހުސައިން ޝަފީގު އައްޔަނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގު މިއަދު އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) އޭނާ މި މަގާމަށް އައްޔަނުކުރީ، އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން މި މަހުގެ 6 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހުސައިން ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަނުކުރި ތިންވަނަ ބޭފުޅާއެވެ. މި ސަރުކާރުގެ ފުރަތަމަ އެމްޑީ މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ ފެބްރުއަރީ މަހު މަގާމުން ވަކިކުރުމުން، ދެން އެ މަގާމަށް ހަމަޖެއްސީ ރިޝްވާނެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޝަފީގު ވަނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް ވެސް އައްޔަނުކޮށްފައެވެ. މި ބަދަލާއެކު ކުންފުނީގެ މަސައްކަތްތަކާއި ބަނދަރުގެ ހިދުމަތްތައް ކުރިއަށްގެންދިއުމަށް އާ ހަރުފަތަކަށް ދާނެ ކަމަށް ބެލެވެއެވެ.

ޓެގް

އެމްޕީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.