ޚަބަރު

ގާނޫނުއަސާސީއަށް އިތުރު އިސްލާހު ނުގެނައުމަށް ރައީސް ނިންމަވައިފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހުތަކެއް ގެނައުމުގެ ވިސްނުމެއް މިހާރު ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވޯޓުން ރައްޔިތުން ދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށާއި، އެއީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ބޭނުންވާ ކަމެއް ނޫންކަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ އާ އިސްލާހެއް ގެނައުމުގެ ގަސްދެއް ނެތް ނަމަވެސް، މީގެ ކުރިން އިއުލާންކުރައްވާފައިވާ މުހިއްމު އިސްލާހުތަކުގެ މަސައްކަތް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، މަޖިލިސް މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އިތުރުން، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދާދިފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ 69 އިންސައްތަ މީހުން ވަނީ އިންތިޚާބުތައް އެއްކޮށްލުމަށް “ނޫނެކޭ” ބުނެފައެވެ. މި ނަތީޖާއާ ގުޅޭގޮތުން އއ. ރަސްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ވޯޓުން ސަރުކާރު ބޭނުންވި ގޮތަށް ނަތީޖާ ނުނިކުތީ ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް، ގާނޫނުއަސާސީއަށް އިތުރު ބޮޑެތި ބަދަލުތައް ގެނައުން މަޑުޖައްސާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close