ޚަބަރު ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ލިބޭނެ: ޚުތުބާ

ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ލިބޭނެ: ޚުތުބާ

ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ލިބޭނެ: ޚުތުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަކާތަކީ ހަމައެކަނި ދީނީ ވާޖިބެއް ނޫންކަމަށާއި، އެއީ މުޖުތަމަޢުގެ ފަޤީރުކަން ފިލުވައި، މުދަލުގައި ބަރަކާތްލައްވައި، އިންޞާފުވެރި އިޤްތިޞާދީ ނިޒާމެއް ބިނާކޮށްދޭ މަތިވެރި އިލާހީ ޤާނޫނެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ކީރިތި ޤުރްއާނުގައި ނަމާދާ ވިދިގެން ޒަކާތުގެ ވާހަކަ އައިސްފައިވަނީ މި ދެ އަޅުކަމުގެ އޮންނަ ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ. ނަމާދުން ޚާލިޤާއި މަޚްލޫޤާ ގުޅުވައިދޭއިރު، ޒަކާތަކީ އިންސާނާ އާއި މުޖުތަމަޢުގެ އެހެން ފަރުދުންނާ ގުޅުވައިދޭ ވަސީލަތެކެވެ. ޒަކާތުގެ މާނައަކީ “ޠާހިރުވުމާއި އިތުރުވުން” ކަމަށްވާއިރު، ޒަކާތް ދެއްކުމަކީ ދަހިވެތިކަމުން ނަފުސު ސަލާމަތްކޮށްދީ، ހީވެސްނުކުރާ ފަދަ ގޮތްގޮތަށް މުދާ އިތުރުވެގެންދާނެ ކަމެކެވެ.

ޒަކާތަކީ މުއްސަނދިންގެ ފަރާތުން ނިކަމެތިންނަށް ދޭ “ހަދިޔާއެއް” ނޫން ކަމަށާއި، އެއީ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިކަމެތިންގެ “ޙައްޤެއް” ކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. މުދަލުގެ ނިޞާބު ހަމަވެ އަހަރު ފުރުމުން ނެރެންޖެހޭ 2.5 އިންސައްތައަކީ ކުޑަ މިންވަރެއް ނަމަވެސް، އެއީ މުޅި މުޖުތަމަޢުގެ ފަޤީރުކަން ނައްތާލުމަށް ފުދޭވަރުގެ ބޮޑު ނިޒާމެކެވެ. އުމަރު ބުނު ޢަބްދުލްޢަޒީޒުގެ ޒަމާނުގައި ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޛުވުމުން، ޒަކާތް ހިފާނެ ފަޤީރަކު ނެތިދިޔަ ތާރީޚީ މިސާލު ޚުތުބާގައި ބަޔާންކުރިއެވެ.

ޚުތުބާ ނިންމާލަމުން، ޒަކާތް ނުދީ ހިފެހެއްޓުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އިންޒާރު ދިނެވެ. އެއީ މުދަލުން ބަރަކާތް ކެނޑި، އާޚިރަތުގައި ވޭންދެނިވި ޢަޒާބާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ބުންޏެވެ. އެހެންކަމުން، ދުނިޔަވީ މަޝްޣޫލުކަންކަމުގެ ތެރޭގައި ޒަކާތް ދެއްކުން ލަސްނުކުރުމަށާއި، މި މަތިވެރި ނިޒާމަށް ދަރީން އަހުލުވެރިކުރުވައި، މުޖުތަމަޢުގައި ޢަދުލުވެރިކަން ޤާއިމުކުރުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރިއެވެ.

ޓެގް

ހުތުބާ ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.