ޚަބަރު ޑިފެންސް މިނިސްޓަރުކަމަށް ޙަސަން ރަޝީދު، އަދި ޗީފް ސްޕޯކްސްޕާސަންކަމަށް މުންދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުކަމަށް ޙަސަން ރަޝީދު، އަދި ޗީފް ސްޕޯކްސްޕާސަންކަމަށް މުންދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުކަމަށް ޙަސަން ރަޝީދު، އަދި ޗީފް ސްޕޯކްސްޕާސަންކަމަށް މުންދު އައްޔަންކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވީ އަލްފާޟިލް ޙަސަން ރަޝީދެވެ. އައު ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ ރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޙަސަން ރަޝީދަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރެއްވީ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ މީގެ ކުރިންވެސް ވަޒީރުކަމާއި، ބޭރުގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނުގެ މަޤާމު ތަފާތު އެކި ދައުރުތަކުގައި ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ޔޫ.އޭ.އީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.