ކެބިނެޓަށް ބޮޑު ބަދަލެއް: ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް 10 ވަޒީރަކު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ ވިންދާއި އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރު ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ އިސްތިއުފާ މިހާރު ޤަބޫލުފުޅުކުރައްވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވަޒީރުން އިސްތިއުފާ ހުށަހެޅުއްވީ ސީދާ ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ސަރުކާރަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފުރުޞަތު ދެއްވުމަށާއި، އެކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމާ ޙަވާލުވެވަޑައިގަތް ފަހުން ވޭތުވެދިޔަ ދުވަސްތަކުގައި މި 10 ވަޒީރުން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ސަރުކާރަށް ގެންނަވާ ބަދަލުގެ ތެރެއިން މިއަދު މަޤާމުން އިސްތިއުފާ ދެއްވި ވަޒީރުންނަކީ:
- މުޙައްމަދު ޣައްސާން މައުމޫން (މިނިސްޓަރ އޮފް ޑިފެންސް)
- ޑރ. ޢަބްދުﷲ ޚަލީލް (މިނިސްޓަރ އޮފް ފޮރިން އެފެއާޒް)
- ޢަބްދުﷲ ނާޡިމް އިބްރާހީމް (މިނިސްޓަރ އޮފް ހެލްތް)
- ޠާރިޤު އިބްރާހީމް (މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް)
- ޑރ. ޢާއިޝަތު ޝިހާމް (މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް)
- އާދަމް ނަޞީރު އިބްރާހީމް (މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް)
- ޑރ. މަރްޔަމް މާރިޔާ (މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ)
- އިބްރާހީމް ވަޙީދު (މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް)
- އާދަމް ޝަރީފު ޢުމަރު (މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް)
- ޑރ. ޢަލީ ޙައިދަރު އަޙްމަދު (މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)


