ޚަބަރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަގާމުން ވަކިކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަގާމުން ވަކިކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަގާމުން ވަކިކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުން މި ބަދަލު ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޑރ. ހަލީލަކީ މި ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރެވެ.

މި ސަރުކާރު ފެށުނުއިރު އެންމެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. ހަލީލް، ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާއަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމެޓީގެ ވެރިޔާގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

މި ބަދަލަކީ ފަހަކަށް އައިސް ބޭއްވި އިންތިހާބުތަކުގައި ސަރުކާރަށް ލިބުނު ނަތީޖާއަށްފަހު، ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށާއި ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތަކަށް ގެންނަވަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކަށްވެސް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ބަދަލުތަކެއް އައިސްފައެވެ.

ޓެގް

ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.