ޚަބަރު ރިޔާސީ ބަޔާނަކީ “ކުލަނެތް ކޮޕީއެއް” ކަމަށް ބުނެ އެމްޑީޕީން ފާޑުކިޔައިފި

ރިޔާސީ ބަޔާނަކީ “ކުލަނެތް ކޮޕީއެއް” ކަމަށް ބުނެ އެމްޑީޕީން ފާޑުކިޔައިފި

ރިޔާސީ ބަޔާނަކީ “ކުލަނެތް ކޮޕީއެއް” ކަމަށް ބުނެ އެމްޑީޕީން ފާޑުކިޔައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން މިއަދު ޖަވާބުދީފިއެވެ.

ރައީސްގެ ބަޔާނުގައި އިޤްތިސާދީ، އިޖްތިމާޢީ، ބޯހިޔާވަހިކަން އަދި ޚާރިޖީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތަފްޞީލު ހިއްސާކުރައްވާފައިވީ ނަމަވެސް، މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް އިދިކޮޅުން ވަނީ އެ ބަޔާނަށް ރަސްމީކޮށް ޖަވާބުދާރީވެފައެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއަހަރުގެ ބަޔާނަކީ މިދިޔަ އަހަރުގެ “ކުލަނެތް ކޮޕީއެއް” ކަމަށާއި، ޤާނޫނުއަސާސީން ލާޒިމުކުރާ ގައުމުގެ ހާލަތާއި އެކަން ރަނގަޅު ކުރާނެ ގޮތުގެ ތަފްސީލު ބަޔާނުގައި ނެތް ކަމަށެވެ. އަދި އާސަންދައާއި ބޭހުގެ ޚިދުމަތް ދަށްވެފައިވާ ކަމަށާއި، ބޯހިޔާވަހިކަމަށް ބަޖެޓުކުރި ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސްރާފު ބޮޑުވެ ދަރަނި އިންތިހާއަށް އިތުރުވަމުންދާކަން ނާޒިލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު ކޮންޓްރޯލް ނުކުރެވުމާއި، ސިޔާސީ މުވައްޒަފުން އިތުރުވުމުގެ ސަބަބުން ރާއްޖޭގެ މާލީ އިތުބާރު ގެއްލެމުންދާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލުވެ، ބައިނަލްއަޤްވާމީ ނިޒާމުތަކަށް ގޮންޖެހުމަކީ ޑިކްޓޭޓަރުންގެ އުކުޅެއް ކަމަށް ސިފަކުރައްވައި، ސަރުކާރުން ރައްޔިތުންނަށް “ހުވަފެނީ” ވާހަކަތަކެއް ދައްކަމުންދާ ކަމަށް ވިދާޅުވެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.