ޚަބަރު މަނަދޫ ތޯރިގްގެ ފޯމު މައްސަލަ: ހެކި ނެތިގެން ފުލުހުން މައްސަލަ ފައިލްކޮށްފި

މަނަދޫ ތޯރިގްގެ ފޯމު މައްސަލަ: ހެކި ނެތިގެން ފުލުހުން މައްސަލަ ފައިލްކޮށްފި

މަނަދޫ ތޯރިގްގެ ފޯމު މައްސަލަ: ހެކި ނެތިގެން ފުލުހުން މައްސަލަ ފައިލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް އަދި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް އެނގިވަޑައިގަތުމެއް ނެތި އޭނާގެ ނަން ޕީއެންސީގެ ދަފްތަރަށް ބަދަލުކުރި މައްސަލަ، ހެކި ނެތް ކަމަށް ބުނެ ފުލުހުން ފައިލްކޮށްފިއެވެ.

ޑިސެމްބަރު 2024 ގައި ތޯރިގް ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ދިން ޖަވާބުގައި ބުނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ދިރާސާކުރިއިރު ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުން އެ އޮފީހުން މައްސަލަ ބަލައިނުގަނެ ފޮނުވާލާފައިވާ ކަމަށެވެ.

މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ތޯރިގް ވިދާޅުވީ، ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހި މީހުންނާއި، ޕާޓީގެ ފަރާތުން މައުލޫމާތު ކަށަވަރުކުރި ފަރާތްތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ދަފްތަރު ބަދަލުކުރި މީހުން އެނގެން ހުންނާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ކޮމިޝަނަށް އިތުބާރު ކުރެވިދާނެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މި މައްސަލައިގައި ޕީއެންސީން މީގެ ކުރިން ބުނެފައިވަނީ، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.