ޚަބަރު

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 4 ބިލިއަނަށް އަރައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މާޗު މަހު 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާއިން ބުނިގޮތުގައި މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %26.8 އިތުރު އަދަދެއް ކަމަށާއި، މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއީ %17 ގެ ކުރިއެރުމެއް ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18 އިތުރުވުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޓެކުސްތަކުން ލިބުނު ފައިސާ އިތުރުވުމެވެ. މީގެ ތެރޭގައި ޖީއެސްޓީ، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ފީތައް ހިމެނޭއިރު، މާޗު މަހު އެކަނިވެސް ޑޮލަރުން 205 މިލިއަންގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ  59.6 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ރިސޯޓު ލޭންޑް ރެންޓުގެ ގޮތުގައި 440 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައިވެސް ބޮޑު އާމްދަނީއެއް ވަނީ ދައުލަތަށް ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close