ޚަބަރު ސައުދީ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގައި ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ސައުދީ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގައި ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ސައުދީ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގައި ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި ޚާއްޞަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތަކާއި މެހުމާންދާރީގެ ޚަރަދުތައް ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުގެ ފަރާތުންނެވެ. މިއީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުމުގެ ރަމްޒެއްގެ ގޮތުން ހަމަޖެހިގެންދިޔަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުންނަށް މި ދައުވަތު އެރުވިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.