ޚަބަރު އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރުން 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް

އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރުން 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް

އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރުން 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީއާ އެތައް ހާސް ކިލޯމީޓަރެއް ދުރުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް މިއަދު ހެނދުނު އައި 5.3 މެގްނިޓިއުޑްގެ ބިންހެލުމަކާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ދީފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު 09:55 ހާއިރު، މިޑް-އިންޑިއަން ރިޖް ސަރަހައްދަށެވެ. މިއީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 2،553 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ސަރަހައްދެކެވެ.

ރާއްޖެއާ ދުރުން ކަނޑުގެ ސަރަހައްދަށް ބާރުމިނުގައި 5.3 މެގްނިޓިއުޑް ހުރި މި ބިންހެލުން އައި ނަމަވެސް، މީގެ ސަބަބުން ރާއްޖެއަށް ސީދާ އެއްވެސް އަސަރެއް ކޮށްފާނެކަމުގެ އިންޒާރެއް ކަމާބެހޭ އިދާރާތަކުން ދީފައެއް ނުވެއެވެ. އެހެންކަމުން އާންމު ރައްޔިތުން މިކަމާ ހާސްވެ ކަންބޮޑުވާން ނުޖެހޭނެކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ޓެގް

އައްޑޫސިޓީ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.