ޚަބަރު އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބައްޕަ ނިޔާވެއްޖެ

އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބައްޕަ ނިޔާވެއްޖެ

އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބައްޕަ ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވ. ފުލިދުއަށް ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު އާއިލާއަކަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެ، މޫދަށް އެރި އުޅުމުގެ ތެރޭގައި އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން މަސައްކަތް ކުރި ބައްޕައަކު މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ، މޫދުން ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުލިދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އާއިލާއަކީ ޗުއްޓީ ހޭދަކުރުމަށްޓަކައި މިއަދު ހެނދުނު 11:45 ހާއިރު މާލެއިން އެ ރަށަށް ދިޔަ ބައެކެވެ. މި ހާދިސާ ހިނގީ ރަށުގެ އިރުމަތީ ފަރާތު މޫދަށް އެރި އުޅުމުގެ ތެރޭގައެވެ. އެ ސަރަހައްދަކީ އާންމުކޮށް ވެސް އޮއެގަދަ އަދި ފުން ސަރަހައްދެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މި ހާދިސާގައި އޮޔާދިޔަ ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ޓެގް

ފުލިދޫ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.