ޚަބަރު މާލެ ޓެކްސީ ލައިންގެ ހިދުމަތް ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ލިބޭނެ: އެމްޓީސީސީ

މާލެ ޓެކްސީ ލައިންގެ ހިދުމަތް ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ލިބޭނެ: އެމްޓީސީސީ

މާލެ ޓެކްސީ ލައިންގެ ހިދުމަތް ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ލިބޭނެ: އެމްޓީސީސީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އަލަށް ތައާރަފުކުރި “މާލެ ޓެކްސީ ލައިން” ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއްވެސް އަގަކާ ނުލައި އާންމުންނަށް ފޯރުކޮށްދިނުމަށް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ، މި މުއްދަތުގައި އަގު ނުނަގައި ދަތުރުތައް ކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. އެހެންކަމުން، ހިލޭ ދަތުރުކުރާ މުއްދަތުގައި ހިދުމަތާ މެދު ދެކޭގޮތް ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

ޖުމުލަ 150 ޓެކްސީއާ އެކު ރޭ ފެށި މި ހިދުމަތް ހޯދުމަށް “1655” ހޮޓްލައިން މެދުވެރިކޮށް ދަތުރުތައް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެމްޓީސީސީން ބުނި ގޮތުގައި، ކަސްޓަމަރުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް ބަލައި، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގެންނަންޖެހޭ ބަދަލުތައް އެ ކުންފުނިން ގެންނާނެ އެވެ.

މި ޓެކްސީ ލައިންގެ ދަތުރުތައް ރޭވުމުގައި ބަލާނީ ކަސްޓަމަރާ އެންމެ ކައިރީގައި އޮންނަ ކާރެއް ފޮނުވުމަށެވެ. ހިލޭ ދަތުރުކުރާ މުއްދަތު ހަމަވުމުން، ދަތުރުތަކަށް އަގު ނަގާނީ ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ބުކިން ސިސްޓަމެއްގެ އެހީގަ އެވެ. އަދި ހިލޭ ދަތުރުކުރާ މުއްދަތު ހަމަވުމުން، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ހިދުމަތުގައި ތަފާތު ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރެ އެވެ. އެއީ:

  1. ލުމިން މޮޑެލް: މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު.
  2. ޑީޕަލް އެސް5: މާލެ، ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ކާރު.
  3. ޑީޕަލް އެސް7: ހަތަރު ފަސިންޖަރުންގެ ޖާގަ އޮންނަ ތަނަވަސް ކާރު.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.