ޚަބަރު އީރާނުގެ އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުގެ އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުގެ އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީރާނުގެ އަންހެން ކުދިންނަށް ޚާއްސަ ސްކޫލަކަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ނިރުބަވެރި ވައިގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޖެނީވާގައި އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި، ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ 168 ކުޑަކުދިން މަރުވި މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ލާއިންސާނީ އަމަލެއް ކަމަށެވެ.

ރާއްޖޭގެ ބަޔާނުގައި އިސްރާއީލަކީ ދައުލަތުން އިސްވެ ހިންގާ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމާ މެދު ފިޔަވަޅު ނޭޅޭތީ މިފަދަ ޖަރީމާތައް ތަކުރާރުވަމުންދާކަން ފާހަގަކުރެއްވިއެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްލަހަތު އިތުރަށް ގޯސްވަމުންދާތީ ރާއްޖެއިން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށާއި، މި ހަމަލާތަކަށް ޒިންމާވާ ފަރާތްތައް ބައިނަލްއަޤުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ބައިނަލްއަޤުވާމީ މައިދާނުގައި އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލައި، މިފަދަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.

ޓެގް

ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.