ޚަބަރު ޤައުމީ ޤުރުއާން މުބާރާތަށް އިންގިލާބީ ބަދަލުތަކެއް: އެއްވަނަ އަށް ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލަރޝިޕެއް!

ޤައުމީ ޤުރުއާން މުބާރާތަށް އިންގިލާބީ ބަދަލުތަކެއް: އެއްވަނަ އަށް ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލަރޝިޕެއް!

ޤައުމީ ޤުރުއާން މުބާރާތަށް އިންގިލާބީ ބަދަލުތަކެއް: އެއްވަނަ އަށް ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލަރޝިޕެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށް ނިންމައިފިއެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އަލަށް އާންމުކުރި ޤަވާއިދާއެކު، މުބާރާތުގެ ފޯމެޓަށާއި ބައިވެރިވުމުގެ އުސޫލުތަކަށް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ.

މި ގެނެވުނު ބަދަލުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ހަމަހަމަކަމާއެކު ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދީ، ވާދަވެރިކަން ބޮޑުކޮށް މުބާރާތުގެ ފެންވަރު މަތިކުރުމެވެ. އެގޮތުން، ކުރިން ސްކޫލްތަކާއި މުއައްސަސާތަކުގެ ނަމުގައި ބައިވެރިވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ދެން މި މުބާރާތުގައި ވާދަކުރެވޭނީ ފަރުދީ ގޮތުންނެވެ. މިގޮތުން އުމުރުން 26 އަހަރު ނުފުރޭ އަދި ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިހާރު އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

ކުރީ އަހަރުތަކާ ޚިލާފަށް، މިފަހަރުގެ މުބާރާތް ތިން މަރުޙަލާއަކަށް ވަނީ ބަހާލާފައެވެ. އެއީ އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް އަދި ފައިނަލް ބުރެވެ. އޮޑިޝަންތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ކަނޑައެޅޭ ވަކި ރަށްތަކެއްގައި ކުރިއަށްދާނެއެވެ. ފޯމު ހުށަހަޅާ ފަރާތްތަކަށް އެމީހަކަށް އެންމެ ފަސޭހަ ރަށެއްގައި އޮޑިޝަން ހެދުމުގެ ފުރުޞަތު މިހާރު އޮންނާނެއެވެ.

އޮޑިޝަނުން ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ކެޓަގަރީއަކުންވެސް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ އެންމެ މޮޅު 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ހޮވޭނީ ސެމީ ފައިނަލްގައި 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ އެންމެ މޮޅު 150 ބައިވެރިންނެވެ. މާލޭގައި ބާއްވާ ފައިނަލް ބުރަށް އަތޮޅުތެރެއިން އަންނަ ބައިވެރިންނަށް ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ޙާފިޡުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބަޔާއި، ނުބަލައި ކިޔެވުމުގެ ބައިން އަދި ޙާފިޡުންގެ ބައިން ގަދަ ތިނެއް ހޮވައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދެވޭނެއެވެ. އެންމެ ޚާއްޞަ އިނާމެއްގެ ގޮތުގައި، މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް ބޭނުން ޤައުމެއްގައި، ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ޓެގް

ޤުރުއާންމުބާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.