ޚަބަރު މޫސާ ޢަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ޤާސިމް އިބްރާހީމް ނިންމަވައިފި

މޫސާ ޢަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ޤާސިމް އިބްރާހީމް ނިންމަވައިފި

މޫސާ ޢަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ޤާސިމް އިބްރާހީމް ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިންމަވައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަހުރުވެރި ރެކޯޑެއް އޮތް، ޚާއްސަކޮށް 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރަން ހިތްވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ބަތަލެއް ކަމަށެވެ. މޫސާ ޖަލީލަކީ ތެދުވެރި، ތަޖްރިބާކާރު ބޭފުޅެއްކަން ފާހަގަކުރައްވައި، މާލެ ސިޓީ ހިންގެވުމަށް އެމަނިކުފާނަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ ތަރައްޤީއަށްޓަކައި މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ހުރިހާ ރައްޔިތުން މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.” އަޅުގަނޑު އެދެނީ މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިއްބެވި ލޮބުވެތި ރައްޔިތުން މޫސާ ޖަލީލަށް ވޯޓުދެއްވުން،” ޤާސިމްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ޓެގް

ލޯކަލް ކައުންސިލްއިންތިޙާބު ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.