ބޭރުދުނިޔެ ހަނގުރާމަ ހުއްޓާލުމުގެ އުންމީދުތައް އާވުމާއެކު ތެލުގެ އަގު ދަށްވެއްޖެ

ހަނގުރާމަ ހުއްޓާލުމުގެ އުންމީދުތައް އާވުމާއެކު ތެލުގެ އަގު ދަށްވެއްޖެ

ހަނގުރާމަ ހުއްޓާލުމުގެ އުންމީދުތައް އާވުމާއެކު ތެލުގެ އަގު ދަށްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އީރާނަށް 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ފޮނުވިކަމުގެ ރިޕޯޓްތަކާއެކު، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކަށް ކުރިއެރުން ލިބިދާނެކަމުގެ އުންމީދުގައި ބުދަ ދުވަހު ތެލުގެ އަގު ގާތްގަނޑަކަށް 5 އިންސައްތަ ދަށަށް ގޮސްފިއެވެ. ތެލުގެ އަގު ދަށްވެފައި މިވަނީ އިސްރާއީލާއި އީރާނާ ދެމެދު ވައިގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސައުދީ ގަޑިން މެންދުރުފަހު 03:00 ހާއިރު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 6.08 ޑޮލަރު ނުވަތަ 5.82 އިންސައްތަ ދަށްވެ، 98.41 ޑޮލަރަށް ވެއްޖެއެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (WTI) ކުރޫޑްގެ އަގު 5.09 ޑޮލަރު ނުވަތަ 5.51 އިންސައްތަ ދަށްވެ، 87.26 ޑޮލަރަށް ވަނީ ތިރިވެފައެވެ.

މީގެ ކުރިން އަންގާރަ ދުވަހު ތެލުގެ އަގު ގާތްގަނޑަކަށް 5 އިންސައްތަ މައްޗަށް ދިޔަ ނަމަވެސް، ބާޒާރުގެ ނުތަނަވަސްކަމާއެކު ފަހުން ވަނީ އަގުތައް ދަށަށް ދާން ފަށާފައެވެ.

ރައިސްޓެޑްގެ އެނަލިސްޓް ޖަނީވް ޝާހް ވިދާޅުވި ގޮތުގައި، އެމެރިކާ ސަރުކާރުން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށް އަދި ރިޕޯޓްތައް ބަލައި ޖަވާބު ދޭން ޖެހޭނެއެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، މި މައްސަލައަށް އަވަސް އަދި އޮމާން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބެލެވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ތެލުގެ ބާޒާރުގައި މިހާރު ހުރި މަތީ އަގުތަކަކީ އާންމު ހާލަތަކަށް ވެފައިވާ ކަމަށާއި، މިއީ މައިގަނޑު ގޮތެއްގައި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނާ ވާހަކަތައް އީރާނުން ވަނީ ދޮގުކޮށްފައެވެ. އަދި އީރާނުގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާއިން މަޝްވަރާ ކުރަމުންދަނީ އަމިއްލަ ނަފްސާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެސެޓް މެނޭޖްމަންޓް ކުންފުނި ކަމަށްވާ ބްލެކްރޮކްގެ ވެރިޔާ ލެރީ ފިންކް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅިއަށް އީރާނުގެ ނުރައްކާ އޮތް ނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ތެލުގެ އަގު ފީފާއަކުން 100 އާއި 150 ޑޮލަރާ ދެމެދު ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ތެލުގެ އަގު 150 ޑޮލަރުގައި ދެމިހުރެއްޖެ ނަމަ، ދުނިޔެއަށް އިގްތިސާދީ ހީނަރުކަމެއް (global recession) ކުރިމަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.