ޚަބަރު ހުޅުދުއްފާރާއި ހިމަންދޫގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ހުޅުދުއްފާރާއި ހިމަންދޫގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ހުޅުދުއްފާރާއި ހިމަންދޫގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ. ހުޅުދުއްފާރާއި އއ. ހިމަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެ ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކަން ގެނެސްދިނުމުގެ ބޮޑު މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ދެ ރަށުގެ މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި މަސައްކަތާ ހަވާލުވި ކުންފުނި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރު ޙަސަން ރިފާޢީ ބުޝްރީއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރ. ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ (ފޭސް 2) މަސައްކަތްތަކެވެ. އޭގެ އިތުރުން އއ. ހިމަންދޫގެ މަގުތައްވެސް މި މަޝްރޫޢުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ސަރުކާރުން އާރްޑީސީއާ މި ދެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މަސައްކަތް ފަށާތާ 730 ދުވަސް (ދެ އަހަރު ދުވަސް) ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރާ ގޮތަށެވެ. މިއާއެކު މި ދެރަށުގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ޓެގް

ކޮންސްޓްރަކްޝަން މިނިސްޓްރީ ހައުސިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.