ޚަބަރު އިސްރާއީލުގެ އުދުވާންތައް ހުއްޓުވައި ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް ރާއްޖޭން ގޮވާލައިފި

އިސްރާއީލުގެ އުދުވާންތައް ހުއްޓުވައި ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް ރާއްޖޭން ގޮވާލައިފި

އިސްރާއީލުގެ އުދުވާންތައް ހުއްޓުވައި ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް ރާއްޖޭން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި، ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖޭން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައ ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖިނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ޑރ. ސަލްމާގެ ބަޔާނުގައި ވިއެނާ ޑިކްލަރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދުކުރާނެކަން ހާމަކުރެއްވިއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ އިތުރުން ލުބުނާނު، ސީރިއާ، ޔަމަން އަދި އީރާނުގެ ސަރަހައްދުތަކަށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްލަހަތު ގެއްލިފައިވާކަން ރާއްޖޭން ފާހަގަކުރިކަމަށާއި، އަދި މި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށާއި، ދުނިޔޭގައި އަމާންކަން ގާއިމުކުރުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ބަޔާނުގައި ބާރުއަޅުއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ޔަހޫދީންގެ އިސްތިއުމާރީ ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތުކޮށް، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންނެވެ. އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ދައުލަތް ޖަވާބުދާރީ ކުރުވުމަކީ ދުނިޔޭގެ ސުލްހައަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރާއްޖޭން އަބަދުވެސް ގަބޫލުކުރެއެވެ.

ޓެގް

ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.