ޚަބަރު މަޖިލިހަށް ހުށަހަޅާ ޤާނޫނު ނިމުމުން، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: ރައީސް

މަޖިލިހަށް ހުށަހަޅާ ޤާނޫނު ނިމުމުން، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: ރައީސް

މަޖިލިހަށް ހުށަހަޅާ ޤާނޫނު ނިމުމުން، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއް އެކުލަވައިލުމަށް ބިލެއް ތައްޔާރުކޮށް، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވެފައި، އިސްލާމީ ޝަރީޢަތާ އެއްގޮތަށް މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް އިޚުތިޔާރީ ކަމެއް ނޫން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެކުލަވައިލަމުންދާ މި ބިލު ނިމުމަކާ ގާތްވެފައިވާއިރު، މި ޤާނޫނު ތަޞްދީޤުވުމާއެކު ޝަރުޢީ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައިވާ ފަރާތްތަކުގެ މަރުގެ އަދަބު މި ސަރުކާރުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެކަން އޮތީ އަމަލީގޮތުން ނުކުރެވިފައެވެ.

މި މަސައްކަތުގެ ބޭނުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ނިމިފައިވާ ޙުކުމްތައް ތަންފީޒުކުރުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސަރުކާރުން ފުރިހަމަކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.