ޚަބަރު ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި “ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް” އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ބޯޑު ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އޭރޮނޯޓިކަލް އޮތޯރިޓީގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ، މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ފަހުމުނާމާގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމަށް އޮތް ގާނޫނީ އަދި އިދާރީ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމާއެކު، ރާއްޖޭގެ ގައުމީ އެއާލައިން “މޯލްޑިވިއަން” އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަމުންކަމަށާއި، އަދި މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި، ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓެގް

ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.