ޚަބަރު މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ގަލޮޅު މޯޗަރީ ކައިރީގައި ހުރި އިމާރާތެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަލިފާން ނިއްވުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި މި ތަނުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ބޯ ދުންތައް މުޅި ސަރަހައްދަށް ބޭރުވަމުންދާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.

އެމްއެންޑީއެފުން ފުރަތަމަ މި ހާދިސާ ހިނގީ ގުދަނެއްގައި ކަމަށް ބުނި ނަމަވެސް، ފަހުން އެ އިދާރާއިން ވަނީ އަލިފާން ރޯވެފައިވަނީ ގެއެއްގައި ކަމަށް މައުލޫމާތު ދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާންގަނޑު ވަރަށް ބޮޑަށް އަނދަމުންދާތީ، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމަށް ސިފައިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ޓެގް

އެމްއެންޑީއެފް އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.