ޚަބަރު ބަންގްލަދޭޝްގެ ފަސް މީހުން މަރުވި ހާދިސާ އާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ފަސް މީހުން މަރުވި ހާދިސާ އާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ފަސް މީހުން މަރުވި ހާދިސާ އާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ. ދިގުރަށުގައި މިމަހުގެ 13 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވި ގޮތުގައި، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ބަންގްލަދޭޝްގެ ސަރުކާރާއި، ރައްޔިތުންނާއި، ހާއްސަކޮށް މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކާ އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ އަގުނުކުރެވޭ މުހިންމު ދައުރު ފާހަގަކުރައްވައި، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކާއި ހިތާމައިގައި ދިވެހި ރައްޔިތުން އިހުލާސްތެރިކަމާއެކު ބައިވެރިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގުކުރުމަށާއި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަންގްލަދޭޝް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.