ޚަބަރު އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެ

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެ

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެ، އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ހާދިސާގައި އަނިޔާލިބުނު އަށް މީހަކު އެ ރަށު ސިއްޙީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު މިހާރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ބޮޑަށް ފިހި، ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ފުލުހުން ބުނި ގޮތުގައި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ބައިވެރިވާނެއެވެ.

ޓެގް

ދިގުރަށް އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.