ޚަބަރު ދިވެހިން އުފެއްދި “ސްވައިޕް” ޑިޖިޓަލް ވޮލެޓް އައްޑޫ ސިޓީއަށް ތައާރަފްކޮށްފި

ދިވެހިން އުފެއްދި “ސްވައިޕް” ޑިޖިޓަލް ވޮލެޓް އައްޑޫ ސިޓީއަށް ތައާރަފްކޮށްފި

ދިވެހިން އުފެއްދި “ސްވައިޕް” ޑިޖިޓަލް ވޮލެޓް އައްޑޫ ސިޓީއަށް ތައާރަފްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި އުފެއްދުމެއް ކަމަށްވާ “ސްވައިޕް” ޑިޖިޓަލް ވޮލެޓް ރަސްމީކޮށް އައްޑޫ ސިޓީއަށް ތައާރަފްކޮށްފިއެވެ.

އައްޑޫ ހިތަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާން އެވެ. މި ވޮލެޓަކީ ދުނިޔޭގެ ކޮންމެ ބޭންކެއްގެ ކާޑަކުން ފައިސާ ޖަމާކުރެވޭ، އަދި ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެހެން ފަރުމާކޮށްފައިވާ ރައްކާތެރި ނިޒާމެކެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކުރި ގޮތުގައި ސްވައިޕް މެދުވެރިކޮށް ވިޔަފާރިތަކުން ނަގާ ކޮމިޝަން ފީ ވަނީ އެންމެ 1 އިންސައްތައަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުން ސްވައިޕްގެ ޕާސަނަލް ވޮލެޓަށް ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ފްރީލާންސަރުންނަށާއި އޮންލައިން ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރުމަށް ހުޅުވިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ.

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ސްވައިޕްގެ ސަބަބުން ފަތުރުވެރިންނަށް ވެސް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. އައްޑޫ ސިޓީގެ ގިނަ ވިޔަފާރިތަކަކުން މިހާރު ސްވައިޕް ބަލައިގަންނަން ފަށާފައިވާއިރު، މިއީ ރާއްޖޭގެ މާލީ ދާއިރާ ޑިޖިޓަލްކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ޓެގް

ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.