ޚަބަރު އިޝާ ނަމާދަށް ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފި

އިޝާ ނަމާދަށް ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފި

އިޝާ ނަމާދަށް ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޝާ ނަމާދުގެ ޖަމާއަތުގައި މީހުން ތިއްބާ، ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގެ ބޮޑު ބިއްލޫރިގަނޑެއް ކުއްލި ގޮތަކަށް ތަޅައިގެން ހިނގައްޖެއެވެ. ނަމަވެސް ކުއްލިއަކަށް ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އަނިޔާއެއް ލިބިފައިނުވާކަން ވަނީ ކަށަވަރުވެފައެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަށައިގެން ބިއްލޫރި ޖަހާފައި ހުންނަ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވަނީ އިޝާ ނަމާދު ނިމި، ސަލާމް ދިންތަނާއެވެ. ބާރު އަޑުފަށްގަނޑަކާއެކު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހުރި ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާއިރު، އެކަން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

މަސްޖިދު ރަޝީދަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ފަރާތުން ބިނާކޮށް، 2022 ވަނަ އަހަރު ބޭނުންކުރަން ފެށި ޒަމާނީ މިސްކިތެކެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ފަސޭހަކަމާއެކު ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު ހަދާފައިވާ، އެއްފަހަރާ 1200 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސްކޮށްފައިވާ މިސްކިތެކެވެ.

ޓެގް

މިސްކިތް ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.