ކުޅިވަރު ފަހު ވަގުތު ވަލްވޭޑޭ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިއްމު މޮޅެއް

ފަހު ވަގުތު ވަލްވޭޑޭ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިއްމު މޮޅެއް

ފަހު ވަގުތު ވަލްވޭޑޭ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިއްމު މޮޅެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ގާތަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ރެއާލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ބާސެލޯނާ އެއްވަނައިގައި އޮތީ 64 ޕޮއިންޓާ އެކު އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމަށްފަހު، ރެއާލުން ހޯދި ނުހަނު ބޭނުންތެރި ނަތީޖާއެކެވެ.

ސެލްޓަގެ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓްގައި އައުރެލިއަން ޗުއަމެނީ ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދައިދީފަ އެވެ. ނަމަވެސް، މެޗުގެ 25 ވަނަ މިނިޓްގައި ބޯހާ އިގްލީސިއަސް ޖެހި ލަނޑުން ސެލްޓަ އިން ނަތީޖާ އެއްވަރުކުރި އެވެ. މެޗުގެ ފަހުކޮޅު ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ރެއާލް މޮޅުވީ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓްގައި ފެޑެރީކޯ ވަލްވޭޑޭ ކާމިޔާބުކުރި ގޯލުންނެވެ.

މި މޮޅަކީ އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތުމުގެ ކުރިން ރެއާލަށް ލިބުނު ބޮޑު އިތުބާރެކެވެ. ރޭގެ މެޗުގައި ސެލްޓަގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރެއާލުން ވަނީ މެޗުގެ ފަހު ސިކުންތާ ހަމައަށް މަސައްކަތްކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

ޓެގް

ލަލީގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.