ޚަބަރު ގޮއިދޫގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭއާ ގުޅިގެން މަސައްކަތް ފަށައިފި

ގޮއިދޫގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭއާ ގުޅިގެން މަސައްކަތް ފަށައިފި

ގޮއިދޫގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭއާ ގުޅިގެން މަސައްކަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ. ގޮއިދޫގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ ސަބަބު ދެނެގަތުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާކަން އެގްރިކަލްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވީ، އެމްއެފްޑީއޭއިން މިހާރު ޓެސްޓުތައް ހަދަމުންދާ ކަމަށާއި، މިދިޔަ މަހުން ފެށިގެން ޕެސްޓިސައިޑާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫގައި ފާއިތުވި ފަސް އަހަރު ތެރޭގައި ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވުމާ ގުޅިގެން އާންމުން ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. އެ ރަށުގައި ފުޅާދާއިރާއެއްގައި ކުރާ ދަނޑުވެރިކަމުގެ 95 ޕަސެންޓު ބިދޭސީން ބަލަހައްޓަމުންދާއިރު، ގަސްގަހާގެއްސަށް ޖަހާ “ޕެސްޓިސައިޑްސް” އާއި އެހެނިހެން ކެމިކަލްތައް އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ބޭނުންކުރާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ މިފަދަ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން މިހާރު އަންނަނީ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރަމުންނެވެ. މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ޕެސްޓިސައިޑް ބޭނުންކުރުމުގެ ޕޮލިސީތައް ވަރަށް އަވަހަށް ތަންފީޒު ކުރަން ފެށުމުން، ކެމިކަލްތަކުގެ ނުރައްކާ ކުޑަވެ، އާންމު ސިއްހަތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެވޭނެއެވެ.

ޓެގް

އެމްއެފްޑީއޭ ދަނޑުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.