ދީން ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމުން ރޯދަ ގެއްލޭނެތޯ؟

ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމުން ރޯދަ ގެއްލޭނެތޯ؟

ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމުން ރޯދަ ގެއްލޭނެތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރޯދައަށް ހުރެ ދަތް އުނގުޅާ ބޭސް ބޭނުންކުރުމާ ބެހޭގޮތުން އައްޝައިޚް އިބްނު ބާޒް (ރަޙިމަހުﷲ) އާ ސުވާލު ދެންނެވުނެވެ.

ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ:
“ރޯދަވެރިޔާ އަށް މިސްވާކު ބޭނުންކުރުން އިސްލާމްދީނުގައި އޮންނަ ފަދައިން، ދަތް އުނގުޅާ ބޭސް ބޭނުންކުރުމަކީވެސް އޭގެ އެއްވެސް އެއްޗެއް އެތެރެހަށްޓަށް ނުދާނެހެން ރައްކާތެރިވެ ހުރެ ކުރާނަމަ މައްސަލައެއް އޮތް ކަމެއް ނޫނެވެ.” (ފަތާވާ އައްޝައިޚް އިބްނު ބާޒް، 4/247)

އައްޝައިޚް މުޙައްމަދު އިބްނު ޞާލިޙް އަލްޢުޘައިމީން ވިދާޅުވެފައިވެއެވެ:
“…މިކަމުން އަޅުގަނޑުމެންނަށް އުފެދޭ ސުވާލަކީ: ރޯދައަށް ހުރެ ދަތް އުނގުޅާ ބުރުހާއި ބޭސް ބޭނުންކުރުމަކީ ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯއެވެ؟

މީގެ ޖަވާބަކީ، އެކަން ކުރުން ހުއްދައެވެ. ނަމަވެސް، ދަތް އުނގުޅާ ބޭހުގެ ރަހަ ގަދަކަމުން ކަރުތެރެއަށް ދިއުމުގެ ފުރުސަތު އޮތުމާއެކު، އެ ނޫން ގޮތެއް އިޚްތިޔާރު ކުރުން މާ ރަނގަޅެވެ. އެގޮތުން ދުވާލު ވަގުތު އެކަން ކުރުމުގެ ބަދަލުގައި ރޭގަނޑު އެކަން ކުރުން އައުލާވެގެންވެއެވެ.” (އައްޝަރަޙުލް މުމްތިޢު، އިބްނު ޢުޘައިމީން، 6/407-408)

މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ރިފަރެންސް: އިސްލާމް.ކިއު.އޭ (13619)

ޓެގް

ސުވާލާއި ޖަވާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.